 ރަމަޟާން މަސް ވަނުމާއި ނުކުތުން ފަލަކީ ޙިސާބަށް ބަލައިގެން ނިންމުން (އުންމަތުގެ އިޖުމާޢު އާއި ޚިލާފު ޝާއްޛު ބަސްތަކަށް ތަބަޢަވުން) - الشَّيخ أ.د. سُليمَان بن سَلِيم الله الرُّحيلي حفظه الله

ޝާއިޢުކުރީ: އިސްމާޢިލް ބިން ރަފީޤް މުޙައްމަދު. ކެޓަގަރީ ލިޔުން


الشَّيخ أ.د. سُليمَان بن سَلِيم الله الرُّحيلي حفظه الله  

(މަސްޖިދުއް ނަބަވީގައި ޢިލްމު އުނގަންނަވައި ދެއްވުމުގައި ދެމިތިއްބަވާ ޢިލްމުވެރި ބޭފުޅުންގެ ތެރެއިން)

ރަމަޟާން މަސް ވަނުމާއި ނުކުތުން ފަލަކީ ޙިސާބަށް ބަލައިގެން ނިންމުން

بسم الله الرحمن الرحيم

الحمد لله وحده، والصلاة والسلام على من لا نبي بعده، وبعد:

"ފަހެ ރަމަޟާން މަސް ވަނުމާއި ނުކުތުން، ފަލަކީ ހިސާބުން ބެލުމާ މެދު އެކި ޤައުމުތަކުން އަހަރެންގެ އިޚްވާނުން ކުރާ ސުވާލު މިހާރު ވަނީ ވަރަށް ގިނަވެފައެވެ.
‎ފަހެ ހަމަކަށަވަރުން، ޝަރުޢީ ގޮތުން މަސް ވަނުމާއި ނުކުތުން ކަނޑައެޅުމުގައި ފަލަކީ ހިސާބަށް ތަންދިނުމުގައި އެއްވެސް ޖާގައެއް ނެތެވެ.
ފަލަކީ ހިސާބަށް ބަލައިގެން ޙުކުމް ކަނޑައެޅުން އެއީ ފަހުގެ ބައެއް މީހުންގެ ބަހެވެ. އެއީ شاذ (ޝާއްޛު: ގިނަބޭކަލުންގެ ބަހާ އެކަހެރި)، އެއަށް އެއްވެސް ޢިބުރަތެއް ހުރި ބަހެއް ނޫނެވެ. ޞައްޙަ ސުންނަތާއި އަދި މިޚިލާފު އުފެދުމުގެ ކުރިން ޢިލްމުވެރިން ވެފައިވާ އިޖުމާޢު މިބަސް ރައްދުކުރެއެވެ. (ބާޠިލުކުރެއެވެ.)


ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. (صوموا لرؤيته وأفطروا لرؤيته فإن غُبِّي عليكم فأكملوا شعبان ثلاثين) މާނައީ: "ރަމަޟާން މަހުގެ ހަނދު ފެނުމުން ތިޔަބައިމީހުން ރޯދަ ހިފާށެވެ. އަދި (ޝައްވާލުމަހުގެ) ހަނދު ފެނުމުން ތިޔަބައިމީހުން ރޯދަ ހިފުމުން ވީއްލާށެވެ. އަދި އުޑުމަތި ފުސްވެ، ވިލާބޯވެ ހަނދު ނުފެނިއްޖެ ނަމަ ފަހެ ތިޔަބައިމީހުން ޝަޢުބާން މަހުގެ ތިރީސް ދުވަސް ފުރިހަމަކުރާށެވެ."


އަދިވެސް ޙަދީޘްކުރެއްވިއެވެ. (صوموا لرؤيته وأفطروا لرؤيته فإن أُغمِي عليكم فاقدروا له ثلاثين) މާނައީ: "ރަމަޟާން މަހުގެ ހަނދު ފެނުމުން ތިޔަބައިމީހުން ރޯދަ ހިފާށެވެ. އަދި (ޝައްވާލުމަހުގެ) ހަނދު ފެނުމުން ތިޔަބައިމީހުން ރޯދަ ހިފުމުން ވީއްލާށެވެ. އަދި އުޑުމަތި ފުސްވެ، ވިލާބޯވެ ހަނދު ނުފެނިއްޖެ ނަމަ ފަހެ ތިޔަބައިމީހުން ޝަޢުބާން މަހަކީ ތިރީސް ދުވަސް ކަމުގައި ބަލާށެވެ."


ފަހެ އެހެންވުމާއެކީ، ފަލަކީ ހިސާބާ އެއްގޮތަށް ޢަމަލުކުރަން މުސްލިމުންގެ ވަލިއުޔުލްއަމްރު އިޚްތިޔާރުކޮށްފިނަމަ އެކަން ވަނީ ދެގޮތަކުން ކުރެ އެއްގޮތެއްގެ މައްޗަށެވެ.
ފުރަތަމައީ: އެކަން ޝަރުޢުވެގެންވާ ގޮތަކާ ދިމާވުމެވެ. މިސާލަކަށް މުސްލިމުންގެ ޤައުމުތަކުގެ ތެރެއިން ޤައުމަކަށް ހަނދުފެނުމާ ދިމާވުމެވެ. ނުވަތަ ޝަޢުބާން މަސް ފުރިހަމަވުމާ ދިމާވުމެވެ. އެހިނދު އެއަށް ޢަމަލުކުރެވޭނެއެވެ. އެހެނީ އެއީ ޝަރުޢުވެގެންވާ ގޮތަކާ ދިމާވީތީއެވެ. އަދި ވަލިއްޔުލްއަމްރު އެގޮތް ޚިޔާރުކުރުމުގެ ސަބަބުން އެކަމަށް އިތުރަށް ބާރު ލިބިގެންވެއެވެ. އަދި މީސްތަކުން އެކުއެކީގައި ރޯދަ ހިފައި އެކުއެކީގައި ރޯދާވީއްލުމަށްޓަކައެވެ. ހަމަކަށަވަރުން ރަސޫލާ ﷺ ގެ ފަރާތުން، އެކަލޭގެފާނު ޙަދީޘްކުރެއްވިކަމަށް ޞައްޙަވެގެންވެއެވެ. (الصوم يوم تصومون وفطركم يوم تفطرون). މާނައީ: "ރޯދަހިފުން ވަނީ ތިޔަބައިމީހުން (އެންމެން) ރޯދާ ހިފާ ދުވަހުއެވެ. އަދި ރޯދަ ހިފުމުން ވީއްލައި ހުއްޓާލުން ވަނީ ތިޔަބައިމީހުން (އެންމެން) ވީއްލާ ދުވަހުއެވެ."


(ދެވަނައީ):
އެކަން (ފަލަކީ ހިސާބަށް ބަލައިގެން ޢަމަލުކުރަން ވަލިއްޔުލްއަމްރު އެންގުން) ޝަރުޢުވެގެންވާ ގޮތަކުން ކުރެ ގޮތަކާ ދިމާ ނުވާކަމުގައިވާނަމަ ފަހެ އެއަށް އެއްވެސް ޙާލެއްގައި ޢަމަލުނުކުރެވޭނެއެވެ.


ދެން ފަހެ މީހަކު ބުނެދާނެއެވެ. އެންމެ ފަހުން ޛިކުރު ކުރި ޙަދީޘަށް އަހަރެމެން މިތަނުގައި ޢަމަލުނުކުރަންވީ ކީއްވެ ހެއްޔެވެ؟

 

ޖަވާބުގައި ބުނަމެވެ. އެހެނީ ޙަދީޘުފުޅުގައި ރޯދައިގެ މުރާދަކީ ޝަރުއީ ރޯދައެވެ. އަދި ރޯދަވީއްލުން އެބަހުގެ މުރާދަކީވެސް ޝަރުޢީގޮތުން ރޯދަ ހިފުން ހުއްޓާލާ ވީއްލުމެވެ. މިފަދައިން (ފަލަކީ ހިސާބުގެ މައްޗަށް އެއްވެސް ޝަރުޢީގޮތަކާ ދިމާނުވާ ޙާލުގައި) އެއީ ޝަރުޢީ ރޯދަ ހިފުމެއް އަދި ޝަރުޢުވެގެންވާ ގޮތުގައި ވީއްލުމެއްވެސް ނޫނެވެ.


އެހެންވުމާއެކީ، ރަމަޟާން މަސް ނުކުތްކަމަށް ފަލަކީ ހިސާބުގެ މައްޗަށް ބިނާކޮށް އިޢުލާންކޮށްފި ކަމުގައިވާނަމަ، އެހިނދު އެއްވެސް ޤައުމެއްގެ ހަނދުފެނުމާ ދިމާނުވާނަމަ ނުވަތަ އެބައިމީހުން ގާތުގައި ތިރީސް ހަމަކުރުމާ ދިމާނުވާނަމަ، ފަހެ މީސްތަކުންގެ މައްޗަށް ވާޖިބުވެގެންވަނީ ރޯދަހިފުމެވެ. އަދި ރޯދަ ހިފުން ހުއްޓާލުން އެބައިމީހުންނަށް ހުއްދަވެގެން ނުވެއެވެ. އަދި ރޯދަ ނުހިފައި ހުއްޓާލި މީހާ ފަހެ އޭނާގެ މައްޗަށް ޤަޟާކުރުން ވާޖިބުވެގެންވެއެވެ.  والله أعلم.
ލިޔުއްވީ: ފަޟީލަތުއްޝައިޚް އުސްތާޛުއް ދުކްތޫރު ސުލައިމާން ބްނު ސަލީމުﷲ އައްރުޙައިލީ
    30 ރަމަޟާން 1437

ލިޔުން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ދީނުގެ އޮޅުންއަރާ ކަންކަމާމެދު ފާޑުނުކިޔާ ރައްދުނުދީ ހަނުހުރުމަކީ އަހުލުއްސުންނަތި ވަލްޖަމާޢަތުގެ ޙައްޤު ޢިލްމުވެރިންގެ މަގެއް ނޫން - الشيخ العلامة عبد الرحمن بن ناصر السعدي رحمه الله | 08 ޖޫން 2026

ސަލަފުއްޞާލިޙުންގެ މަންހަޖާއި، ހަޖުރުކުރުމާއި ސަލާމުގެ ބާބުން އަބޫ އަނަސް އާއި އޭނާގެ އަޞްޙާބުންނަށް ބޭއިޚްތިޔާރުގައި ވެވިފައިވާ ކުށްތަކުގެ މެދުގައިވާ ފުރްޤާން | 05 ޖޫން 2026

ސަލަފުންގެ މެދުގައި ޢިލްމީ ރައްދުދެއްވުން – އިބްނު އަބީ ޝައިބާ (159-235ހ.) އަދި އަބޫ ޙަނީފާ (80-150ހ.) އަށް ދެއްވި ރައްދު - الإمام ابن أبي شيبة | 15 މެއި 2026

ޔަމަނުގެ އަރަފާތު އަލްމުޙައްމަދީ އަކީ މި ފިތުނަތަކުގެ ސަބަބު - މަކަރުވެރިކަންބޮޑު ނުބައި މީހެއް – ޔަމަނުގެ ޝައިޚް ޢަލީ އަލްޙުޛައިފީ އަލްޢަދަނީ حفظه الله | 11 މެއި 2026

(LGBT) އެލް.ޖީ.ބީ.ޓީ ލާދީނީ ފިލާވަޅުތައް މުޖްތަމަޢުގައި ފަތުރަން އުޅޭ ޖަމާޢަތްތަކާއި އަފްރާދުންގެ މައްޗަށް ސަމާލުވެ ރައްކާތެރިވުން | 23 ޖޫން 2020

 ހަނދުކޭތަ ނަމާދާއި އިރުކޭތަ ނަމާދު (صلاة الكُسُوف و الخُسُوف) | 10 ޖެނުއަރީ 2020

 ނަބިއްޔާ -صلّى الله عليه وسلّم- އަށް ލިބިވަޑައިގެންފައިވާ ބައެއް ޚާއްޞަ ކަންތައްތައް | 19 އޮކްޓޯބަރ 2019

ނަބިއްޔާ -صلّى الله عليه وسلّم- ދެކެ ލޯބިވުމުގެ ބައެއް މިސާލުތައް | 10 އޮކްޓޯބަރ 2019

 ޤިޔާމަތް ދުވަހެވެ! މި ދުވަހުގެ ޙާލަތާއި މެދު ވިސްނާ މީހާ މި ދުވަހަށް ތައްޔާރުވާނެކަން ޔަޤީނެވެ! - الإمام العلامة الشيخ صالح الفوزان حفظه الله | 01 އޮކްޓޯބަރ 2018

 ހެޔޮލަފާ ޞާލިޙް އަޅުންނާ އެކުގައި އުޅުމަށް ފުރުސަތު ލިބުމަކީ ﷲ ދެއްވި ނިޢުމަތެއް - العَلاَّمة الشَّيخ ابن سعدي رحمه الله | 16 ޖުލައި 2017

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...