ސުންނަތް ނަމާދުތައް صلاة النافلة

ސުންނަތް ނަމާދުކުރާ މީހެއްގެ ފަހަތުގައި ފަރުޟުނަމާދުކުރުން - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ޝާއިޢުކުރީ: އިސްމާޢިލް ބިން ރަފީޤް މުޙައްމަދު. ކެޓަގަރީ ސުންނަތް ނަމާދުތައް صلاة النافلة

ތަރުޖަމާކުރީ: އުސްތާޛް އަބޫ ޢަބްދުﷲ ސަލްމާން ރަޝީދު حفظه الله
(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ސުންނަތް ނަމާދުކުރާ މީހެއްގެ ފަހަތުގައި ފަރުޟުނަމާދުކުރުން

ސުވާލު: ތަރާވީޙް ނަމާދުކުރާ މީހެއްގެ ފަހަތުގައި އިޝާނަމާދުކުރާ މީހާގެ ނަމާދު ޞައްޙަވާނެހެއްޔެވެ؟

ޖަވާބު: ތަރާވީޙް ނަމާދުކުރާ މީހެއްގެ ފަހަތުގައި މީހަކު އިޝާނަމާދުކުރާ ނަމަ އިމާމު މީހާ ތަރާވީޙް ނަމާދުން ސަލާމްދިނުމުން އޭނަގެ އިޝާނަމާދު ފުރިހަމަކުރުން ފަހެ ، ހުއްދަވެގެން ވެއެވެ. އަދި އެއީ މައްސަލައެއް އޮތްކަމެއް ނޫނެވެ. އަދި ހަމަކަށަވަރުން އިމާމު އަޙްމަދު - رحمه الله تعالى - އެކަން ހުއްދަކަމުގައި ނައްޞު ކުރައްވައެވެ. މުޢާޛު ބުން ޖަބަލް - رضي الله عنه - ގެ އަރިހުން ޞައްޙަ މަގުން އައިސްފައިވެއެވެ. އެބޭފުޅާ ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އާއެކުގައި އިޝާނަމާދު ކުރައްވައިގެން އެބޭފުޅާގެ ޤައުމުގެ މީސްތަކުންގެ ކައިރިއަށް ވަޑައިގެން އެބައިމީހުންނާއިގެން އިމާމުވެ ނަމާދުކުރައްވައެވެ. ފަހެ، އެނަމާދު އެބޭފުޅާއަށް ވާނީ ސުންނަތަކަށެވެ. އަދި އެބޭފުޅާގެ ފަހަތްޕުޅުގައި ތިބި މީހުންނަށް ވާނީ ފަރުޟު ނަމާދަކަށެވެ. އެހެނެއްކަމަކު މިމީހާއާ އެކުގައި ޖަމާޢަތެއްގެ ބަޔަކު ތިބިނަމަ އައުލާ( ރަނގަޅު ) ގޮތަކީ މިސްކިތުގެ އެއްފަރާތެއްގައި އެބައިމީހުން ވަކިން އިޝާނަމާދުކުރުމެވެ. އެއީ ނަމާދު ފެށުނީއްސުރެ ނިޔަލަށް އެބައިމީހުންނަށް ލިބުމަށްޓަކައެވެ.

مجموع فتاوى و رسا ئل العثيمين ]المكتبة الشاملة[