ޖަރަޙް ކުރުމާއި ތަޢުދީލު ކުރުން، މި މަންހަޖު ޤިޔާމަތާއި ޖެހެންދެން ދެމިއޮންނާނެ އެވެ. - العَلاَّمَة الشَّيْخُ رَبِيْع بن هَادِيْ المَدْخَلِيْ حفظه الله

ޝާއިޢުކުރީ: އިސްމާޢިލް ބިން ރަފީޤް މުޙައްމަދު. ކެޓަގަރީ ޖަރަޙް ކުރުމާއި ތަޢުދީލު ކުރުން - الجرح و التعديل


ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


 العَلاَّمَة الشَّيْخُ رَبِيْع بن هَادِيْ المَدْخَلِيْ حفظه الله

"الجرح و التعديل ޖަރަޙް ކުރުމާއި ތަޢުދީލު ކުރުން، މި މަންހަޖު ޤިޔާމަތާއި ޖެހެންދެން ދެމިއޮންނާނެ އެވެ. ބިދުޢަތައް އަދި މަގުފުރެދުމުގައިވާ ޝިޢާރުތައް އުފުލިގެންވާ ހިނދެއްގައި (ޖަރަޙް އަދި ތަޢުދީލު ކުރުން) ދެމި އޮންނާނެ އެވެ. އަދި އެއަށް ދަޢުވަތުދޭ މީހުން ދެމިތިބޭހާ ހިނދެއްގައި (ދެމި އޮންނާނެ) އެވެ. މަގުފުރެދުމުގައިވާ އިމާމުން ޤިޔާމަތާއި ޖެހެންދެން ދުނިޔެމަތީގައި ދެމިތިބޭނެ އެވެ.ފަހެ، ޖަރަޙު ކުރުމަކީ ޖިހާދު ކުރުމެކެވެ. އަދި ކިޔެއްތޯ! އެއީ ކަނޑިން ހަނގުރާމަ ކުރުމަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ކަމެކެވެ.
" أسئلة أبي رواحة ص 21