ބިދުޢަވެރި ޚުރާފީ ޢީދުތައް

ޤައުމީ ލަވައެއް، ޤައުމީ ދިދައެއް މަތިވެރިކުރުމުގެ ގޮތުގައި ކޮޅަށް ހުރުމުގެ ޙުކުމް - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله

ޝާއިޢުކުރީ: އިސްމާޢިލް ބިން ރަފީޤް މުޙައްމަދު. ކެޓަގަރީ ލިޔުން

ސުވާލު: އެއްވެސް ޤައުމީ ލަވައަކަށް އަދި ޤައުމީ ދިދައެއް މަތިވެރި ކުރުމުގެ ގޮތުން އެއަށް ތެދުވުން (ކޮޅަށް ހުރުން) ހުއްދަވާނެ ހެއްޔެވެ؟


ޖަވާބު: އެއްވެސް ޤައުމީ ލަވައަކަށް ނުވަތަ ޤައުމީ ދިދައެއް މަތިވެރި ކުރުމުގެ ގޮތުން، އެއްވެސް މުސްލިމަކަށް ކޮޅަށް ހުރުން ހުއްދައެއް ނުވާނެ އެވެ. އަދި އެއީ ބިދުޢަވެރި މުންކަރާތެއް ކަމުގައި ދަންނަ ހުއްޓެވެ. އެއީ ރަސޫލާ ﷺ ޢަހުދުގައި އަދި އެ ރަސޫލާ ﷺ ގެ ހެޔޮވެގެންވާ ޚަލީފާއިންގެ ޢަޙުދުގައި ނެތް ކަންތައްތަކެވެ. އެއީ އޭނާގެ ތަޥްޙީދު ފުރިހަމަވެ ދިއުމަށް ވާޖިބުވެގެންވާ ކަންތަކާއި އިދިކޮޅު (އެކަން ނަފީ ކުރާ) ކަމެކެވެ. އަދި މަތިވެރިކަން ﷲ އަށް ޚާލިޞްވެ، އެކަލާނގެއީ މަތިވެރިކަމުގައި އެއްކައުވަންތަ ފަރާތެއްގެ ގޮތުގައިވާ ކަން ނަފީކުރުވާ ކަމެކެވެ. އަދި އެއީ ޝިރުކަށް ގެންގޮސްދޭ ވަޞީލަތެއްގެ ގޮތުގައިވާ ކަމެެކެވެ. އަދި މިއީ ކާފަރުންނާއި އެއްގޮތްވެވޭ އަދި އެބައިމީހުންގެ މުޑުދާރުވެގެންވާ ޢާދަކާދަތް ތަކާއި އެއްގޮތްވެވޭ (ތަޝާބުހު) ވެވޭ ކަމެކެވެ.

އަދި މިކަންތައް ކުރެވެނީ ކާފަރުން އެބައިމީހުންގެ ވެރިންތައް މަތިވެރިކުރުމުގެ ގޮތުން ހައްދުފަނައަޅައިފައިވާ ގޮތްތަކުގައި (އަހަރެމެން) އެގޮތުގައި ދެމިތިބުމުގެ ގޮތުންނެވެ. އަދި އެކިއެކި ޙަފްލާތަކުގައި އެބައިމީހުން ކުރަމުންގެންދާ ޙައްދުފަހަނައަޅައިފައިވާ ޢަމަލުތައް ކުރުމުގައި އަހަރެމެން ދެމިތިބުމެވެ.
ހަމަކަށަވަރުން ނަބިއްޔާ ﷺ އެބައިމީހުންނާއި އެއްގޮތްވުން އަދި އެއްގޮތްވުމުގެ ގޮތުން ކަންތައްތައް ކުރުން ނަހީ ކުރެއްވި އެވެ.
وبالله التوفيق. وصلى الله على نبينا محمد، وآله وصحبه وسلم.

 

ފަތުވާ: ސަޢުދީ ޢަރަބިއްޔާގެ ލަޖުނާ ގެ ފަތުވާ ނަންބަރ : 2123

 

"ދީނުގައި މިދަފަ ދުވަސްތައް ފާާހަނގަ ކުރުމުގެ އިތުރަށް ޤައުމީސަލާމް (މިއުޒިކަށް) ތެދުވުމާއި، އެއަށް ކޮޅަށް ހުރުންވެސް އެއީ ޙަރާމްވެގެންވާ މިއުޒިކް ތިބާއަށް ހުއްދަވާނެ ޙާލަތްތަކެއްތޯ އެވެ؟ ތިބާގެ އަމިއްލަ މަޞްލަޙަތައް، ބޭނުންވާ ލަޑުދަޑިއަށް ދިއުމަށް ޙަރާމްކަމެއް ޙަލާލް ކަމެއް ނެތްތޯ އެވެ؟ ތިބާކޮށްފައި މިވަނީ ކޮންފަދަ ބިދުޢައެއް ހެއްޔެވެ؟  މީސްތަކުންނަށް ދީނޭ ކިޔައިގެން ތިޔަ ދައްކައިދިނީ ކޮންފަދަ ފާފައެއްކަން ތިބާއަށް އިނގޭ ހެއްޔެވެ؟ މި އުއްމަތުގެ ޢިލްމުވެރިންނޭ ކިޔައި، އަދި ދީނަށް ނަޞްރުދިނުމޭ ބުނެ ބިދުޢަތަކާއި ޚުރާފާތް އަމިއްލަ މަޞްލަޙަތަށްޓަކައި ދިރުވުމަކީ އަބަދުވެސް އިޚްވާނީންގެ އުޞޫލެއްކަމާމެދު ޝައްކެއްވެސް ނެތެވެ." 

ލިޔުން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ދީނުގެ އޮޅުންއަރާ ކަންކަމާމެދު ފާޑުނުކިޔާ ރައްދުނުދީ ހަނުހުރުމަކީ އަހުލުއްސުންނަތި ވަލްޖަމާޢަތުގެ ޙައްޤު ޢިލްމުވެރިންގެ މަގެއް ނޫން - الشيخ العلامة عبد الرحمن بن ناصر السعدي رحمه الله | 08 ޖޫން 2026

ސަލަފުއްޞާލިޙުންގެ މަންހަޖާއި، ހަޖުރުކުރުމާއި ސަލާމުގެ ބާބުން އަބޫ އަނަސް އާއި އޭނާގެ އަޞްޙާބުންނަށް ބޭއިޚްތިޔާރުގައި ވެވިފައިވާ ކުށްތަކުގެ މެދުގައިވާ ފުރްޤާން | 05 ޖޫން 2026

ސަލަފުންގެ މެދުގައި ޢިލްމީ ރައްދުދެއްވުން – އިބްނު އަބީ ޝައިބާ (159-235ހ.) އަދި އަބޫ ޙަނީފާ (80-150ހ.) އަށް ދެއްވި ރައްދު - الإمام ابن أبي شيبة | 15 މެއި 2026

ޔަމަނުގެ އަރަފާތު އަލްމުޙައްމަދީ އަކީ މި ފިތުނަތަކުގެ ސަބަބު - މަކަރުވެރިކަންބޮޑު ނުބައި މީހެއް – ޔަމަނުގެ ޝައިޚް ޢަލީ އަލްޙުޛައިފީ އަލްޢަދަނީ حفظه الله | 11 މެއި 2026

(LGBT) އެލް.ޖީ.ބީ.ޓީ ލާދީނީ ފިލާވަޅުތައް މުޖްތަމަޢުގައި ފަތުރަން އުޅޭ ޖަމާޢަތްތަކާއި އަފްރާދުންގެ މައްޗަށް ސަމާލުވެ ރައްކާތެރިވުން | 23 ޖޫން 2020

 ހަނދުކޭތަ ނަމާދާއި އިރުކޭތަ ނަމާދު (صلاة الكُسُوف و الخُسُوف) | 10 ޖެނުއަރީ 2020

 ނަބިއްޔާ -صلّى الله عليه وسلّم- އަށް ލިބިވަޑައިގެންފައިވާ ބައެއް ޚާއްޞަ ކަންތައްތައް | 19 އޮކްޓޯބަރ 2019

ނަބިއްޔާ -صلّى الله عليه وسلّم- ދެކެ ލޯބިވުމުގެ ބައެއް މިސާލުތައް | 10 އޮކްޓޯބަރ 2019

 ޤިޔާމަތް ދުވަހެވެ! މި ދުވަހުގެ ޙާލަތާއި މެދު ވިސްނާ މީހާ މި ދުވަހަށް ތައްޔާރުވާނެކަން ޔަޤީނެވެ! - الإمام العلامة الشيخ صالح الفوزان حفظه الله | 01 އޮކްޓޯބަރ 2018

 ރަމަޟާން މަސް ވަނުމާއި ނުކުތުން ފަލަކީ ޙިސާބަށް ބަލައިގެން ނިންމުން (އުންމަތުގެ އިޖުމާޢު އާއި ޚިލާފު ޝާއްޛު ބަސްތަކަށް ތަބަޢަވުން) - الشَّيخ أ.د. سُليمَان بن سَلِيم الله الرُّحيلي حفظه الله | 17 މެއި 2018

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...