علمانية ލާދީނިއްޔަތު

(LGBT) އެލް.ޖީ.ބީ.ޓީ ލާދީނީ ފިލާވަޅުތައް މުޖްތަމަޢުގައި ފަތުރަން އުޅޭ ޖަމާޢަތްތަކާއި އަފްރާދުންގެ މައްޗަށް ސަމާލުވެ ރައްކާތެރިވުން

ޝާއިޢުކުރީ: އިސްމާޢިލް ބިން ރަފީޤް މުޙައްމަދު. ކެޓަގަރީ ލިޔުން

ޙަޤީޤަތަކީ މިއީ ލާދީނީ، އިންސާނިއްޔަތުގެ ޞޫރަގެއްލިފައިވާ، ޙައިވާނުންގެ ދަރަޖައަށް ވެއްޓިފައިވާ، ނަޖިސް ކަމާއި މުޑުދާރުގައި ޙައްދުފަހަނައަޅާ  ގޮސްފައިވާ، ލާއިންސާނީ ވިއުގައެއް ކަމެވެ. މި މީސްތަކުންގެ ދަޢުވާ ކުރާ އިސްލާމް ދީނަކީ ކޮބައިހެއްޔެވެ؟

20200623-lgbt1.jpg

އުތެމަ ޖަމުޢިއްޔާގެ ބައިވެރިޔާ ބުނެފައިވެ އެވެ. "...... (LGBT) އެލް. ޖީ. ބީ. ޓީ. (އެލް : އަންހެނުން އަންހެނުންނާ އެއްޖިންސު ގުޅުން ހިންގުން، ޖީ : ފިރިހެނުން ފިރިހެނުންނާ އެއްޖިންސު ގުޅުންހިންގުން، ބީ : ދެޖިންސު މީހުންނާ ގުޅުންހިންގުން، ޓީ : ޖިންސު ބަދަލުކުރާ މީހުން.) ފިލާވަޅުތައް ސުކޫލުތަކުގައި ކިޔަވައިދިނުން ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ވެއްޖެ އެވެ..."

الحمد لله، والصلاة والسلام على رسول الله وعلى آله و صحبه أجمعين. و بعد: ފާޙިޝް ކަމާއި، ޙަރާމް ޢަމަލުތަކަށް، އޭގެ އިންތިހާއަށް މުޑުދާރުވެގެންވާ ޢަމަލުތަކުގެ ޙައްޤުގައި ވަކާލާތުކުރުމުގަ އެވެ. މި ފާޙިޝް، ހުތުރުކަންބޮޑު، މުޑުދާރު، ނަޖިސް ޢަމަލުތައް ޙަރާމް ކުރެވިގެންވާ ޤުރުއާން މިފަދަ މީހުންނަށް ޤަބޫލު ކުރެވޭނެ އެއްޗެއް ކަމުގައިވާނެ ހެެއްޔެވެ؟ މިއީ ޙަރާމް ތަކެއްޗެއް ގޮތުގައި ބަޔާން ކޮށްދެއްވި ރަސޫލާ މިބައިމީހުން ޤަދަރުކުރާ ފަރާތެއް ކަމުގައިވާނެ ހެެއްޔެވެ؟ އިސްލާމް ދީނުގެ މައްޗަށް އިޚްތިރާމެއް ޤަދަރެއްގެ ކުޑަމިންވަރެއްއޮތް ނަފްސެއްވެސް މިފަދަ ނާތަހުޒީބީ، ވަލުޖަނަވާރުތައްވެސް ވެއްޓިގެންނުދާ ދަށުދަރަޖައިގެ ޢަމަލުތަކަށް ނުގޮވާނެ އެވެ. އިންސާނިއްޔަތު ކަމުގެ ކުޑަވެސް ލަދެއްވެސް މި ނަފްސުގައި ނުވެ އެވެ.

 

ﷲ ވަޙީ ކުރެއްވި އެވެ. وَلُوطًا إِذْ قَالَ لِقَوْمِهِ أَتَأْتُونَ الْفَاحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ الْعَالَمِينَ الأعراف 80 "އަދި لوط عليه السلام އެ ނަބިއްޔާގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންގެ ކުރިން، ޢާލަމުތަކުގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ ފާޙިޝް ޢަމަލު ތިޔަބައިމީހުން ކުރަނީހެއްޔެވެ؟"

 

އޭގެ ކުރިން އިންސާނީ ތާރީޚުގައިވެސް އެއްޖިންސު ގުޅުން ހިންގާފައެއް ނުވެ އެވެ. މިއީ ވަލު ޖަނަވާރުތައްވެސް ކޮށްފައިވާ ޢަމަލެއް ނޫނެވެ. މިއަދު ދަރިންނަށް ސުކޫލުގައި ކިޔަވައިދޭން ޖެހޭ މާއްދާއެއްކަމުގައި ގޮވާހިނދު، އަހަރެމެން މުސްލިމުންގެ ހިތުގައި މިކަމަށް އޮންނަންޖެހޭ ނަފްރަތާއި އޮންނަން ޖެހޭ ރުޅިވެރިކަން ކޮބައި ހެއްޔެވެ؟ މިފަދަ ބަޔަކަށް ހެޔޮ އެދިގެން ވާހަކަ ދައްކާ މީހުންނާއި އަދި ދިފާޢުކުރާ މީހުންނާއި އަދި ރަޙުމް ކުރާ ބަޔަކަކީ މުސްލިމުންނަށް ހެޔޮ އެދޭ ބައެއް ކަމުގައި ނުވާނެ އެވެ. ﷲ ޙަޟުރަތުން ކޯފާ ބާވައިލެއްވި، އެމީހުންގެ މައްޗަށް ނިޔާކުރެވި ދިޔަ ގޮތް އެއީ އިސްލާމީ ތާރީޚުގައި ފެންނަންއޮތް ކޮންފަދަ ބުރުހާނެއް ހެއްޔެވެ؟

 

ޙަދީޘްގައިވެ އެވެ. (مَلعونٌ من عمِلَ عملَ قومِ لوطٍ، مَلعونٌ من عمِل عملَ قومِ لوطٍ، ملعونٌ من عمِلَ عملَ قومِ لوطٍ) " لوط عليه السلام ގެ ޤައުމުގެ އަހުލުވެރިންގެ ޢަމަލު (އެއްޖިންސު ގުޅުން ހިންގުމުގެ ޢަމަލު) ހިންގައިފި މީހަކަށް ﷲ ގެ ލަޢުނަތް ހުއްޓެވެ. لوط عليه السلام ގެ ޤައުމުގެ އަހުލުވެރިންގެ ޢަމަލު (އެއްޖިންސު ގުޅުން ހިންގުމުގެ ޢަމަލު) ހިންގައިފި މީހަކަށް ﷲ ގެ ލަޢުނަތް ހުއްޓެވެ. لوط عليه السلام ގެ ޤައުމުގެ އަހުލުވެރިންގެ ޢަމަލު (އެއްޖިންސު ގުޅުން ހިންގުމުގެ ޢަމަލު) ހިންގައިފި މީހަކަށް ﷲ ގެ ލަޢުނަތް ހުއްޓެވެ. (ތިން ފަހަރަށް ތަކުރާރު ކުރައްވާ ޙަދީޘްފުޅު ކުރެއްވި އެވެ.)" صحيح الترغيب 2516

 

މިއަދު ޢަމަލު ސިއްރިޔާތުގައި ހިންގަނީއެއް ނޫނެވެ. އެހެނަސް ފާޅުކަން ބޮޑުގޮތުގައި މި ލާއިންސާނީ، ނާތަހުޒީބީ، ވަލުޖަނަވާރުންނަށްވުރެ ދަށުދަރަޖައިގެ ޢަމަލު ރީތިކޮށް، އެއަށް ދަޢުވަތު ދިނުމުގަ އެވެ. އެކަން އުނގަންނައި ދިނުމަށް ވަކާލާތު ކުރުމުގަ އެވެ. ހުރި ލަދުޙަޔާތް ކުޑަ ކަމާ އެވެ! ޝައިޠާނީ ޞޫރައިގެ މުޑުދާރު ކަމާ އެވެ!ލިވާޠުގެ ޢަމަލަކީ ﷲ ގެ ކޯފާއަށް ހުށަހެޅޭނެ ސަބަބެއް ކަމުގައިވެ އެވެ. ﷲ ލައްވާފައިވާ ޒަވާޖީ ޙަޔާތުގެ ނިޒާމާއި، އިންސާނިއްޔަތުގެ ވަޒީފާ ގެއްލުވާ، މިނިކާ ވަލުޖަނަވާރުންގެ ޙާލަތަށްވުރެ ދަށު ދަރަޖައަށް ގެންގޮސްދޭ ޢަމަލެކެވެ. އެތައް ނުރައްކާ ބަލިތަކުގެ ކާރިޘާ ކުރިމަތި ކުރުވާ ކަމެކެވެ. ނަފްސާނީ ބަލި އުފެދި، އަޚްލާޤު ފަސާދަވެ، ހެޔޮ ނުބައި ވަކިކުރަން ނޭނގި، ލަދު ޙަޔާތް ގެއްލި، އެހެންމެހައި ފާފަތަކުގެ ދޮރު ހުޅުވައި އެ ފާފަތައް ރީތިކޮށްލަ އެވެ؟ ހަމަ ބުއްދިއަށް މިކަމުގެ ޙަރާމްކަން ވަންހަނާވާނެ އެވެ؟މުސްލިމް އަޚުންނާ އުޚްތުންނޭވެ! މިއީ ހިތުންނާއި ދުލުން އިންކާރުކޮށް ނަފްރަތު ކުރުން ވާޖިބުވެގެންވާ ދީނީ ކަމެކެވެ. މި ލާދީނިއްޔަތާއި، ކުފުރަށް ގޮވައި، ވަލުޖަނަވާރުންނަށްވުރެ ދަށު ދަރަޖައަށް ވެއްޓިފައިވާ، ނުބައިވެގެންވާ މި ޢަމަލަށް އަދި ޢަމަލަށް ގޮވާ މީހުންނަށް މުސްލިމެއްގެ ހިތުގައި ކުޑަވެސް ޤަދަރެއް އޮވެގެން ނުވާނެ އެވެ. މިއީ ﷲއަށްޓަކައި ނަފްރަތު ކުރަންޖެހޭނެ ކަމެކެވެ. ހިތުގައިވާ އީމާންތެރިކަން ފާޅުކުރުމަކީ މި ޢަމަލުތަކާއި މި ދަޢުވަތުތަކަށް ނުރުހުމެވެ. އެމީހަކަށް ކުޅަދާނަވެގެންވާ މިންވަރަށް އިންކާރު ކުރުމާއި ނަފްރަތު ކުރުމުގައި ދެމިހުރުމެވެ. ތިޔަ އަޚުންނާއި އުޚްތުންގެ ނަފްސުގައި މިކަމަށް ނަަފްރަތު ކުރަން ޖެހެނީ ކީއްވެގެންކަން އެނގިގަތުން ހުއްޓެވެ.

 

شيخ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. "އެބައެއްގެ ޢަމަލުގެ މައްޗަށް ރުހިއްޖެ މީހާ އެބަޔަކާ އެކުގައި މަޙްޝަރު ކުރެވޭ ހުއްޓެވެ. އެއީ لُوط عليه السلام ގެ އަނބިކަނބަލުން ލިވާޠުގެ ފާޙިޝް ޢަމަލުގައި ޤައުމުގެ އަހުލުވެރިންނާ ބައިވެރިނުވި ކަމުގައި ވީނަމަވެސް އެބައިމީހުންނާ އެކުގައި މަޙްޝަރު ކުރެވޭނެ ފަދައިންނެވެ. ފަހެ، މިއީ ހަމަކަށަވަރުން އަންހެންމިހާގެ ކިބައިން ފާޅުވި (ޢަމަލެއް) ނޫނެވެ. އެހެނަސް އެ އަންހެންމީހާ އެ ޢަމަލުގެ މައްޗަށް ރުހުމުން އެ ޤައުމުގެ މީސްތަކުންގެ މައްޗަށް ބާވައިލެއްވުނު ޢަޒާބުގައި ޝާމިލުވެގެންވި އެވެ." مجموع الفتاوى ٣٤٤/١٥

 

އަޚުނޭވެ! މި ސަބަބު އަދި މި ނޫން ސަބަބުތަކަށްޓަކައި މި ފާޙިޝް މީހުންގެ މައްޗަށް ރުޅިވެރިކަމާއި، ނަފްރަތު މުސްލިމުންގެ ނަފްސުގައި އޮންނަން ޖެހެ އެވެ. އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އިންކާރުކޮށް މުޖުތަމަޢުގައި މި ދަޢުވަތް ހުއްޓުވެން ޖެހެ އެވެ. ދުޢާއަކީ އަހަރެމެންގެ ވެރިންނާއި މަސްއޫލުވެރި ފަރާތްތަކަށް މި ނުބައިވެގެންވާ ދަޢުވަތާއި އެ މުޑުދާރު ފަރާތްތަކުގެ ކިބައިން މުޖުތަމަޢު ސަލާމަތްކޮށް ޙިމާޔަތް ކުރުމުގެ ތަޥްފީޤު ﷲ މިންވަރު ކުރެއްވުމެވެ. ﷲ ގެ ދީނުގައިވާ ޙައްޤު ޙުކުމް މި ބައިމީހުންގެ މައްޗަށް ނިޔާކުރެވި މި އިސްލާމީ ވަޠަން މި ޢަމަލުތަކާއި މި ފަސާދަވެގެންވާ ދަޢުވަތްތަކުން ﷲ ރައްކާތެރި ކުރެއްވުމެވެ. و الحمد لله رب العالمين.

ލިޔުން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ދީނުގެ އޮޅުންއަރާ ކަންކަމާމެދު ފާޑުނުކިޔާ ރައްދުނުދީ ހަނުހުރުމަކީ އަހުލުއްސުންނަތި ވަލްޖަމާޢަތުގެ ޙައްޤު ޢިލްމުވެރިންގެ މަގެއް ނޫން - الشيخ العلامة عبد الرحمن بن ناصر السعدي رحمه الله | 08 ޖޫން 2026

ސަލަފުއްޞާލިޙުންގެ މަންހަޖާއި، ހަޖުރުކުރުމާއި ސަލާމުގެ ބާބުން އަބޫ އަނަސް އާއި އޭނާގެ އަޞްޙާބުންނަށް ބޭއިޚްތިޔާރުގައި ވެވިފައިވާ ކުށްތަކުގެ މެދުގައިވާ ފުރްޤާން | 05 ޖޫން 2026

ސަލަފުންގެ މެދުގައި ޢިލްމީ ރައްދުދެއްވުން – އިބްނު އަބީ ޝައިބާ (159-235ހ.) އަދި އަބޫ ޙަނީފާ (80-150ހ.) އަށް ދެއްވި ރައްދު - الإمام ابن أبي شيبة | 15 މެއި 2026

ޔަމަނުގެ އަރަފާތު އަލްމުޙައްމަދީ އަކީ މި ފިތުނަތަކުގެ ސަބަބު - މަކަރުވެރިކަންބޮޑު ނުބައި މީހެއް – ޔަމަނުގެ ޝައިޚް ޢަލީ އަލްޙުޛައިފީ އަލްޢަދަނީ حفظه الله | 11 މެއި 2026

 ހަނދުކޭތަ ނަމާދާއި އިރުކޭތަ ނަމާދު (صلاة الكُسُوف و الخُسُوف) | 10 ޖެނުއަރީ 2020

 ނަބިއްޔާ -صلّى الله عليه وسلّم- އަށް ލިބިވަޑައިގެންފައިވާ ބައެއް ޚާއްޞަ ކަންތައްތައް | 19 އޮކްޓޯބަރ 2019

ނަބިއްޔާ -صلّى الله عليه وسلّم- ދެކެ ލޯބިވުމުގެ ބައެއް މިސާލުތައް | 10 އޮކްޓޯބަރ 2019

 ޤިޔާމަތް ދުވަހެވެ! މި ދުވަހުގެ ޙާލަތާއި މެދު ވިސްނާ މީހާ މި ދުވަހަށް ތައްޔާރުވާނެކަން ޔަޤީނެވެ! - الإمام العلامة الشيخ صالح الفوزان حفظه الله | 01 އޮކްޓޯބަރ 2018

 ރަމަޟާން މަސް ވަނުމާއި ނުކުތުން ފަލަކީ ޙިސާބަށް ބަލައިގެން ނިންމުން (އުންމަތުގެ އިޖުމާޢު އާއި ޚިލާފު ޝާއްޛު ބަސްތަކަށް ތަބަޢަވުން) - الشَّيخ أ.د. سُليمَان بن سَلِيم الله الرُّحيلي حفظه الله | 17 މެއި 2018

 ހެޔޮލަފާ ޞާލިޙް އަޅުންނާ އެކުގައި އުޅުމަށް ފުރުސަތު ލިބުމަކީ ﷲ ދެއްވި ނިޢުމަތެއް - العَلاَّمة الشَّيخ ابن سعدي رحمه الله | 16 ޖުލައި 2017

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...