ތަފްސީރު

 ޤިޔާމަތް ދުވަހެވެ! މި ދުވަހުގެ ޙާލަތާއި މެދު ވިސްނާ މީހާ މި ދުވަހަށް ތައްޔާރުވާނެކަން ޔަޤީނެވެ! - الإمام العلامة الشيخ صالح الفوزان حفظه الله

ޝާއިޢުކުރީ: އިސްމާޢިލް ބިން ރަފީޤް މުޙައްމަދު. ކެޓަގަރީ ލިޔުން

 

ﷲ ވަޙީކުރައްވާފައި ވެ އެވެ. يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ  وَأُمِّهِ وَأَبِيهِ  وَصَاحِبَتِهِ وَبَنِيهِ  لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ عبس:٣٤-٣٧ "އެ ދުވަހަކީ އެމީހެއްގެ އަޚާގެ ކިބައިންނާއި، އޭނާގެ މަންމައާ އޭނާގެ ބައްޕަގެ ކިބައިން އޭނާގެ އަނބިމީހާއި ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ. އެއުރެންކުރެ ކޮންމެ މީހަކަށް، އެމީހަކު އަވަދިނެތި ކުރާނެކަމެއް އެދުވަހުން ވެއެވެ."


މާނައަކީ، މި ދުވަހުގައި އިންސާނާއަށް މިދުނިޔެ މަތީގައި އޭނާއާ އެންމެ ގާތްމީހާ ފެނި، އެ މީހާގެ ކިބައިން ފިލަން ދުވާނެ ކަމެވެ. އަދި ދުރުވެ ވަކިވާނެ ކަމެވެ. ސަބަބަކީ އެދުވަހުގައި އެބައިމީހުންނަށް ދިމާވެފައިވާ މުޞީބާތާއި ވޭންތައް ނުހަނު ބޮޑުވެގެންވެ އެވެ.


عِكرِمة ވިދާޅުވެފައިވެ އެވެ. "ފިރިމީހާއަށް އޭނާގެ އަނބިމީހާއާ އެދުވަހުގައި ބައްދަލުވެ ބުނާނެ އެވެ. އޭ އަންހެނާ އެވެ. ތިޔަ އަންހެނާގެ ފިރިއެއްގެ ގޮތުގައިވީ ކާކު ހެއްޔެވެ؟ ފަހެ، އަންހެން މީހާ ބުނާނެ އެވެ. އާނއެކެވެ. ތިބާއަކީ އަހަރެންގެ ނުހަނު ހެޔޮލަފާ ފިރިމީހާ އެވެ. އަދި ވަރަށްވެސް ހެޔޮ ރިވެތި ޘަނާގެ ބަސްތައް ކުޅަދާނަވެގެންވީ މިންވަރަކުން ބުނާނެ އެވެ. ފަހެ، ފިރިހެންމީހާ އެހިނދު ބުނާނެ އެވެ. މިއަދު ތިބާގެ ކައިރިން އަހަރެން މިއެދެނީ އެންމެ ހެޔޮކަމަކަށެވެ. ތިބާއަށްވެސް ތި ފެންނަ ކަންތަކުން ސަލާމަތްކަން ލިބުމަށްއެދި އެވެ. އެހިނދު އަންހެންމީހާ ބުނާނެ އެވެ. ތިބާ ތިޔަ އެދުނީ ކޮންފަދަ ފަސޭހަ ކަމަކަށްއެދި އެދި ހެއްޔެވެ؟ އެހެނަސް ތިޔައީ މިއަދު އަހަރެންނަށް ތިބާއަށް ހެޔޮކަމެއް ނުދެވޭނެ އެވެ. ތިބާ ދެކޭ ބިރުވެރި ނާމާންކަމާ އެއްފަދައިން އަހަރެންވެސް މިވަނީ އެ ބިރުވެރިކަމާއި ނާމާން ކަމުގަ އެވެ.


އަދިވެސް ވިދާޅުވެފައިވެ އެވެ. އެދުވަހުގައި ބައްޕަ އޭނާގެ ދަރިފުޅާއި ބައްދަލުވެ، ދަރިފުޅު ހަށިގަނޑުގައި އެލިގެންއޮވެ ބުނާނެ އެވެ. އޭ ދަރިއާ އެވެ. ތިބާގެ ބައްޕަ ކަމުގައިވީ ކާކު ހެއްޔެވެ؟ ފަހެ، އެހިނދު ނުހަނު ހެޔޮ ޘަނާގެ ބަސްތައް ބުނާނެ އެެވެ. އަދި އެހިނދު ބައްޕަ ބުނާނެ އެވެ. އޭ ދަރިޔާ އެވެ! ރެވިއޮށްޓަރެއްގެ ބަރުދަންފަދަ މިޘްޤާލެއްގެ ހެޔޮކަމުގެ މިންވަރަށް ބައްޕަ މިވަނީ ޙާޖަތްޖެހިފަ އެވެ. ތިޔަ ފެންނަ މުޞީބާތުން ސަލާމަތްވާނެ ކަމުގައި އުއްމީދު ކުރަމެވެ. ފަހެ، އެހިނދު ދަރިފުޅު ބުނާނެ އެވެ. އޭ ބައްޕާ އެވެ! ތިޔަ އެދުނީ ކޮންފަދަ ފަސޭހަކަމަށް ހެއްޔެވެ؟ އެހެނަސް ތިބާ އެއެއްޗެއްގެ މަތިން ބިރުވެރި ކަމުގައިވާ އެތީގެ މައްޗަށް އަހަރެންވެސް އެފަދައިން ބިރުގަނެ އެވެ. އެއްވެސް މިންވަރެއް މިއަދަކު އަހަރެންނަށް ދެވޭކަށް ނެތެވެ."
ބަސްތައް ނަގާފައިވަނީ : الخطب المنبرية 3-29

ލިޔުން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ދީނުގެ އޮޅުންއަރާ ކަންކަމާމެދު ފާޑުނުކިޔާ ރައްދުނުދީ ހަނުހުރުމަކީ އަހުލުއްސުންނަތި ވަލްޖަމާޢަތުގެ ޙައްޤު ޢިލްމުވެރިންގެ މަގެއް ނޫން - الشيخ العلامة عبد الرحمن بن ناصر السعدي رحمه الله | 08 ޖޫން 2026

ސަލަފުއްޞާލިޙުންގެ މަންހަޖާއި، ހަޖުރުކުރުމާއި ސަލާމުގެ ބާބުން އަބޫ އަނަސް އާއި އޭނާގެ އަޞްޙާބުންނަށް ބޭއިޚްތިޔާރުގައި ވެވިފައިވާ ކުށްތަކުގެ މެދުގައިވާ ފުރްޤާން | 05 ޖޫން 2026

ސަލަފުންގެ މެދުގައި ޢިލްމީ ރައްދުދެއްވުން – އިބްނު އަބީ ޝައިބާ (159-235ހ.) އަދި އަބޫ ޙަނީފާ (80-150ހ.) އަށް ދެއްވި ރައްދު - الإمام ابن أبي شيبة | 15 މެއި 2026

ޔަމަނުގެ އަރަފާތު އަލްމުޙައްމަދީ އަކީ މި ފިތުނަތަކުގެ ސަބަބު - މަކަރުވެރިކަންބޮޑު ނުބައި މީހެއް – ޔަމަނުގެ ޝައިޚް ޢަލީ އަލްޙުޛައިފީ އަލްޢަދަނީ حفظه الله | 11 މެއި 2026

(LGBT) އެލް.ޖީ.ބީ.ޓީ ލާދީނީ ފިލާވަޅުތައް މުޖްތަމަޢުގައި ފަތުރަން އުޅޭ ޖަމާޢަތްތަކާއި އަފްރާދުންގެ މައްޗަށް ސަމާލުވެ ރައްކާތެރިވުން | 23 ޖޫން 2020

 ހަނދުކޭތަ ނަމާދާއި އިރުކޭތަ ނަމާދު (صلاة الكُسُوف و الخُسُوف) | 10 ޖެނުއަރީ 2020

 ނަބިއްޔާ -صلّى الله عليه وسلّم- އަށް ލިބިވަޑައިގެންފައިވާ ބައެއް ޚާއްޞަ ކަންތައްތައް | 19 އޮކްޓޯބަރ 2019

ނަބިއްޔާ -صلّى الله عليه وسلّم- ދެކެ ލޯބިވުމުގެ ބައެއް މިސާލުތައް | 10 އޮކްޓޯބަރ 2019

 ރަމަޟާން މަސް ވަނުމާއި ނުކުތުން ފަލަކީ ޙިސާބަށް ބަލައިގެން ނިންމުން (އުންމަތުގެ އިޖުމާޢު އާއި ޚިލާފު ޝާއްޛު ބަސްތަކަށް ތަބަޢަވުން) - الشَّيخ أ.د. سُليمَان بن سَلِيم الله الرُّحيلي حفظه الله | 17 މެއި 2018

 ހެޔޮލަފާ ޞާލިޙް އަޅުންނާ އެކުގައި އުޅުމަށް ފުރުސަތު ލިބުމަކީ ﷲ ދެއްވި ނިޢުމަތެއް - العَلاَّمة الشَّيخ ابن سعدي رحمه الله | 16 ޖުލައި 2017

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...