ރޯދައަށް ހުރި ދުވަހެއްގައި މަޣްރިބް ފަހުން އަންހެނަކު ޙައިޟުވުން - سَماحة الشَّيخُ الإِمَامُ العَلَّامة عَبْدُ العَزِيز بن بَاز رحمه الله

سَماحة الشَّيخُ الإِمَامُ العَلَّامة عَبْدُ العَزِيز بن بَاز رحمه الله
ރޯދައަށް ހުރި ދުވަހެއްގައި މަޣްރިބް ފަހުން އަންހެނަކު ޙައިޟުވުން
ސުވާލު: އިރު އޮއްސުމަށްފަހު ހިނދުކޮޅެއްގެ ތެރޭގައި އަންހެނަކު ޙައިޟުވީ އެވެ. ފަހެ އެދުވަހުގެ ރޯދައާ މެދުގައި އޮތް ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު: އެއަށް އަހަރުމެން ދޭނެ ޖަވާބަކީ، އެ ރޯދަ ޞައްޙަވާނެ ކަމެވެ. އެއީ ޙައިޟުވާން އުޅޭ އިޙްސާސުތައް އިރު އޮއްސުމުގެ ކުރިން އިޙްސާސު ކުރެވުނު ކަމުގައިވިޔަސް އެވެ. އެގޮތުން ވޭން އެޅުމާއި އަދި ތަދުވުން، އެހެނަސް ޙައިޟުގެ ލޭ ފެނުނީ އިރު އޮއްސުމުގެ ފަހުން ކަމުގައިވެއްޖެ ހިނދުގައި، އެދުވަހުގެ އޭނާގެ ރޯދަ ޞައްޙަވާނެ އެވެ. ސަބަބަކީ ރޯދަ ފަސާދަކުރާ އެއްޗަކީ ޙައިޟުގެ ލެ އެވެ. އެއަށް އިޙްސާސު ކުރެވޭ އިޙްސާސުތަކެއް ނޫނެވެ.
*****
ފަތުވާ ނަގާފައިވަނީ : مجموع فتاوى 15/ 192
ތަރުޖަމާކުރީ: މުޙައްމަދު ޙަސަން
