ސަލަފިއްޔަތަކީ ﷲ ގެ ޕާޓީ، ދެންހުރީ ހައްތާވެސް ޝައިތާނާގެ ޕާޓީތައް - العلامة صالح ابن فوزان الفوزان حفظه الله

ޝާއިޢުކުރީ: އިސްމާޢިލް ބިން ރަފީޤް މުޙައްމަދު. ކެޓަގަރީ ސަލަފީ ދައުވަތް

ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


الإمام العلامة الشيخ صالح الفوزان حفظه الله

ސުވާލު:  ފަޟީލަތުއް ޝެއިޚް އެވެ. ޝެއިޚްއަށް ﷲ ތަޥްފީޤު ދެއްވާނދޭވެ. ސަލަފުންނަށް ނިޞްބަތްވުން ހުއްދަވެގެން ނުވާނެ ކަމުގައި ބައެއްމީހުން ބުނެ އެވެ. އަދި ސަލަފިއްޔަތަކީ، މިއަދު މި ޒަމާނުގައި ފާޅުފެވައިވާ ޕާޓީތަކުގެ ތެރއިން ޕާޓީ އެކެވެ. މިބަސްތަކާއި މެދުގައި ޝެއިޚްގެ ރައުޔަކީ ކޮބައިހެއްޔެވެ؟

 

ޖަވާބު: އާއެކެވެ. ސަލަފުންނަކީ ﷲ ގެ ޖަމާޢަތެވެ. ސަލަފުންނަކީ ޖަމާޢަތެކެވެ. އެހެނަސް އެއީ ﷲ ގެ ޖަމާޢަތެވެ. ﷲ ވަޙީކުރެއްވީ أولئك حزب الله ألا إن حزب الله هم المفلحون "އެބައިމީހުންނީ ﷲ ގެ ޖަމާޢަތެވެ. ދަންނާށެވެ. ހަމަކަށަވަރުން ﷲ ގެ ޖަމާޢަތުގެ މީހުންނީ ހަމަ، ދިންނަވާނޭ މީހުންނެވެ."

 

ފަހެ، ސަލަފުން ޤުރުއާނާއި، ސުންނަތުގެ ތެރޭގައި ވެ، އަދި ޞަޙާބީންނަށް ރުޖޫޢަވެ އެބައިމީހުން ﷲ ގެ ޖަމާޢަތްކަމުގައި ވެގެންދިޔަ އެވެ.

އެހެނަސް އެބައިމީހުންނާއި ޚިލާފްވި މީހުންނަކީ މަގުފުރެދިފައިވާ ޕާޓީތަކެކެވެ. (ޖަމާޢަތްތަކެކެވެ.) އެއީ ޙައްޤާއި ޚިލާފްވެދިޔަ މީސްތަކުންނެވެ. މުޖާދަލާ ޞޫރަތުގެ އެންމެ ފަހު އާޔަތުގައިވާ ފަދައިން، ޖަމާޢަތް ބުނުމުން އެކިއެކި ގޮތްތަކުގައިވާ ޖަމާޢަތްތައްވެ އެވެ. ﷲ ގެ ޖަމާޢަތަކާއި، ޝައިޠާނާގެ ޖަމާޢަތްތަކެއްވެ އެވެ. ﷲ ގެ ޖަމާޢަތަކާއި ޝައިޠާނާގެ ޖަމާޢަތެއްވެ އެވެ.

 

ޖަމާޢަތޭ ބުނުމުން ތަފާތު ޖަމާޢަތްތައްވެ އެވެ. އެބަޔަކީ، ޤުރުއާނާއި ސުންނަތުގެ މަންހަޖުގައި ދެމިތިބި ބައެއްގެ ގޮތުގައި ވުމުން އެބައިމީހުންނަކީ ﷲ ގެ ޖަމާޢަތެވެ. މަގުފުރެދިގައިވާ މަންހަޖެއްގައި ވުމުން އެބައިމީހުންނަކީ ޝައިޠާނާގެ ޖަމާޢަތެވެ.

 

އަދި ތިބާއަށް އޮތީ މިތަނުން (ބޭނުންވާގޮތެއް) އިޚްތިޔާރު ކުރުމެވެ. ތިބާ ބޭނުންވާ ޖަމާޢަތެއް އިޚްތިޔާރު ކުރާށެވެ. ﷲ ގެ ޖަމާޢަތުގައި ދެމިހުރުން ނުވަތަ ޝައިޠާނާގެ ޕާޓީގައި ދެމިހުރުމެވެ. އިޚްތިޔާރު ކުރާށެވެ.

ފަތުވާ ނަގާފައިވަނީ : http://goo.gl/IpJw5S

ސަލަފީ ދައުވަތް: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ސަލަފީ ދަޢުވަތް، އިޚްވާނީ ދަޢުވަތް، ޕާޓީ ދަޢުވަތް މިފަދައިން ބުނުމަކީ ބައިބައި ކުރުމެއް ނޫން - الشَّيْخ مُحمَّد بن عُمر سالم بَازمُول حفظه الله | 06 ނޮވެމްބަރ 2017

 ދީނަށް އަދި ޤައުމަށް އިޚްލާޞްތެރި ގޮތުގައި ދެމިހުންނަ ކޮންމެ ސަލަފީއަކަށް އޮތް ނަޞޭޙަތެއް - الإِمَام العَلاَّمة عَبدُ العَزِيْز بن بَاز رحمه الله | 25 ޖުލައި 2017

ސަލަފީ އަޤީދާގެ ދިދަ އުފުއްލެވުމަށް الإِمَامُ ابن بَاز رحمه الله އުންމަތަށް ކުރެއްވި ވަޞިއްޔަތް | 29 ޖުލައި 2015

ދަޢުވަތު ދިނުމުގައި ސަލަފީންގެ އެންމެ އިސް މައުޟޫ އަކީ ތައުޙީދެވެ. އިޚުވާނީންގެ މައުޟޫއަކީ ވެރިކަމާއި ސިޔާސަތެވެ. އަދި ޤައުމު ހަލަބޮލި ކުރުމެވެ. - الشَّيْخ العلامة محمد بن عُمر بازمول حَفِظِه الله | 10 އޭޕްރީލް 2015

ސަލަފިއްޔަތުގެ ދަޢުވަތަކީ ހައްޤު އިސްލާމްދީނުގެ ދަޢުވަތު - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله | 22 ސެޕްޓެމްބަރ 2014

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...