 ރޯދަ މަހުގެ ފުރަތަމަ 10 ދުވަސް ފާއިތުވެއްޖެ! ޢަމަލުތައް ހުރީ ކިހިނަކުން ހެއްޔެވެ؟ - الإمام العلامة الشيخ صالح الفوزان حفظه الله

ޝާއިޢުކުރީ: އިސްމާޢިލް ބިން ރަފީޤް މުޙައްމަދު. ކެޓަގަރީ ރޯދަ

"އެންމެހައި މީސްތަކުންނޭވެ! ﷲ އަށް ބިރުވެތިވުން ހުއްޓެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ މި މައްސަރުގެ ފުރަތަމަ ދިހަ ދުވަސް ފާއިތުވެ ގޮސްފި އެވެ. އަދި ތިޔަބައިމީހުން ވަނީ މި މައްސަރުގެ މެދު ދިހަ ދުވަހުގެ ދޮރުމަތީގަ އެވެ. އަދި މާގިނަ ދުވަސްތަކެއް ނުވެ ތިޔަބައިމީހުންނާއި މައްސަރުގެ ފަހު ދިހަ ބައްދަލުކުރާނެ އެވެ. އެއަށްފަހު މައްސަރު ނިމިގެންދާނެ އެވެ.


ތިޔަބައިމީހުންނަށް ކުރެވިފައިވި ހެޔޮ ޞާލިޙް އަމަލުތަކަށް ބަލައިލުން ހުއްޓެވެ. މާޟީވެ، ފާއިތުވެ ދިޔަ ދުވަސްތަކަށް ފިކުރުކޮށްލުން ހުއްޓެވެ. އަދި ބާކީ އޮތް ދުވަސްތަކުގެ މައްޗަށް ވިސްނާލުން ހުއްޓެވެ. ތިޔަބައިމީހުންގެ ނަފްސުތަކުގެ މައްޗަށް ފިކުރުކޮށްލުން ހުއްޓެވެ. ހެޔޮ ގޮތުގައި އިޙްސާންތެރި ޢަމަލުތަކުގައި ދުވަސްތައް ހޭދަކުރި އަޅާ އެގޮތުގައި ކުރިއަށްދިއުން ހުއްޓެވެ. އަދި އެ އިޙްސާންތެރި ގޮތުގައި މައްސަރުގެ ނިމުމާ ހަމައަށްދިއުން ހުއްޓެވެ.


ޣާފިލުވެ، ފަރުވާ ކުޑަކުރުމުގައިވާ މީހާ ފާއިތުވެ ދިޔަ ދުވަސްތަކުގެ މައްޗަށް ﷲ އަށް ތަޥްބާވުން ހުއްޓެވެ. އަދި ބާކީ އޮތް ދުވަސްތަކުގެ ފައިދާ ލިބިގަތުން ހުއްޓެވެ. ފަހެ، ޢަމަލުތައް ބިނާވެގެންދަނީ، އެންމެ ފަހު ޢަމަލުތަކުގެ މައްޗަށެވެ.


ﷲ ގެ އަޅުތަކުންނޭވެ! ﷲ އަށް ތަޤްވާވެރިވުން ހުއްޓެވެ. ތިޔަބައިމީހުންގެ ޙަޔާތުގައި ﷲ ދެއްވާފައިވާ މި މައްސަރުގެ މި ފުރުސަތުގެ މައްޗަށް ފަރުވާކުޑަ ނުކުރާށެވެ. މިއީ މާތްވެގެންވާ މައްސަރެކެވެ. ރޯދަ ހިފުމާއި ނަމާދު ކުރުމުގެ މައްސަރެވެ. ނަރަކައިގެ ދޮރުތައް ބަންދުކުރެވޭ މައްސަރެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެންދާ މައްސަރެވެ. ޝައިޠާނާ ކަސްތޮޅު އެޅުވެ އެވެ. އަދި ނިދާ އިއްވެވެ އެވެ. "އޭ ހެޔޮކަމަށް އެދޭ ފަރާތެވެ. ހެޔޮކަމަށް ކުރިމަތި ލާށެވެ. އޭ ނުބައިކަންތައްތަކަށް އެދޭ ފަރާތެވެ. ނުބައިކަންތައްތަކުން އެއްކިބާވުން ހުއްޓެވެ. މިފަދައިން ކޮންމެ ރެއަކު ނިދާ އިއްވެވެ އެވެ." ﷲ އަޅުތަކުންނޭވެ! ﷲ ގެ ޙަޟުރަތުން އިއްވެވޭ މި ނިދާއަށް އިޖާބަ ދޭށެވެ.


ތިޔަބައިމީހުންގެ ޣާފިލުކަމާއި، އިހުމާލު ވުމުގައި ކެނޑިނޭޅި ދެމި ނުތިބޭށެވެ. ފަހެ، ހަމަކަށަވަރުން ޢުމުރަކީ ނުހަނު ކުރު އެއްޗެކެވެ. އެ މުއްދަތް ވަނީ ކަނޑައެޅި ނިމިފަ އެވެ. އަދި ޢަމަލުތައް ރައްކާކުރެވޭ ހުއްޓެވެ. ތިޔަބައިމީހުންނަކީ އެ ޢަމަލުތަކުގެ މައްޗަށް ޙިސާބު ބެއްލެވި އެ ޢަމަލުތަކަށް ތިޔަބައިމީހުންނަށް ޖަޒާދެވޭނެ އެވެ. ފަހެ، ތިޔަބައިމީހުންގެ ނިމުން ވެގެންދާނެގޮތް ތަސައްވުރުކޮށްލުން ހުއްޓެވެ. ތިޔަބައިމީހުންގެ ޢަމަލުތައް އިޞްލާޙު ކުރާށެވެ.


މި މައްސަރާއި އަދި މި ނޫން މައްސަރުތަކުގައިވެސް، ހެޔޮ ޞާލިޙް ޢަމަލުތަކާއި ބަސްތައް ބުނުމުގެ ތަޥްފީޤު ﷲ އަހަރެމެންނަށް އަދި ތިޔަބައިމީހުންނަށް ދެއްވާނދޭވެ."
***


ބަސްތައް ނަގާފައިވަނީ : https://goo.gl/SkfQcY

ރޯދަ: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ރަމަޟާން މައްސަރުގެ ބޮޑުބައި ފާއިތުވެއްޖެ! ﷲ އަށްޓަކައި ރޯދަހިފާ ފަރާތްތަކަށް އޮތީ ކޮން ގޮތެއް؟ - الشَّيخ الإِمَام ابن بَاز رحمه الله | 12 މެއި 2020

ރޯދައަށް ހުރި ދުވަހެއްގައި މަޣްރިބް ފަހުން އަންހެނަކު ޙައިޟުވުން - سَماحة الشَّيخُ الإِمَامُ العَلَّامة عَبْدُ العَزِيز بن بَاز رحمه الله | 01 މެއި 2020

ރޯދަވެރިޔާ އަނދުން އެޅުން އަދި ރޯދައަށް ހުންނަ އަންހެނާ މޭކަޕް ކުރުން - الشَّيْخُ الإِمَامُ عَبدُ العَزِيْز بن عَبد الله بن بَاز رحمه الله | 01 މެއި 2020

 ރޯދަވެރިޔާ ޤިޔާމަތް ދުވަހު ރޯދައިގެ ޘަވާބާއި ދަރުމަ ފެނި އުފާވާނެ ކަން - الشَّيخ عَبْدُ الرزَّاق بن البدر حفظه الله | 30 އޭޕްރީލް 2020

 ރޯދަވެރިންގެ ރޯދައިގެ ޘަވާބު އުނިކުރާނެ އެންމެހައި ކަންތައްތަކުން ދުރުވުން - الشَّيخ خَالد بِنْ ضَحْوِي الظّفيْرِي حفظه الله | 30 އޭޕްރީލް 2020

العَلَّامَةَ الإِمَام ابْن العُثَيْمِيْن رحمه الله ގެ ފަރާތްޕުޅުން ރަމަޟާން މަހަށް އިސްތިޤުބާލުގައި އިޚުވާނުންނަށް ބަޔާންކޮށްދިވި ކަލިމަތަކެއް | 23 އޭޕްރީލް 2020

ޞަޙާބީން އަދި އުއްމަތުގެ ސަލަފުއް ޞާލިހުން ރަމަޟާން މަހާއި ބައްދަލު ކުރާގޮތް - الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله | 22 އޭޕްރީލް 2020

ރަމަޟާންމަހަށް އިސްތިޤްބާލުކޮށް ތަހުނިޔާ ކިޔުން - الإِمَامُ محمد ابن العثيمين رَحِمَه الله | 25 އޭޕްރީލް 2019

 ޤަޟާ ރޯދަތަކެއް ހިފަންޖެހިފައިވާ މީހާ ޝައްވާލު މަހުގެ 6 ރޯދަ ހިފުން - الإمام العلامة الشيخ صالح الفوزان حفظه الله | 15 ޖޫން 2018

 ފަރުޟު ރޯދަ ޤަޟާ ކުރަން ޖެހިފައިވާ މީހަކު ސުންނަތް ރޯދަހިފުމުގެ ޙުކުމަކީ ކޮބާހެއްޔެވެ؟ - الإِمَامُ محمد بن صالح العثيمين رَحِمَه الله | 15 ޖޫން 2018

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...