ޙައްޤުވަނީ ހަމައެކަނި ސަލަފީ މަންހަޖުގައި - الإِمَامُ العَلاَّمَة الشَّيْخُ رَبِيْعُ بنْ هَادِيْ حفظه الله

ޝާއިޢުކުރީ: އިސްމާޢިލް ބިން ރަފީޤް މުޙައްމަދު. ކެޓަގަރީ އަޤީދާއާއި މަންހަޖު العقيدة والمنهج

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإِمَامُ العَلاَّمَة الشَّيْخُ رَبِيْعُ بنْ هَادِيْ حفظه الله

ޙައްޤުވަނީ ހަމައެކަނި ސަލަފީ މަންހަޖުގައި

ސުވާލު: ހަމަކަށަވަރުން މި ފަހުގެ ދުވަސްތަކުގައި، އިޚްވާނީން، ތަބްލީޣީން، ޤުޠުބީން އަދި ސުރޫރިއްޔަ ވަނީ ނުހަނު ބޮޑަށް ޢާންމުވެ ފެތުރިފަ އެވެ. އަދި މިއިން ކޮންމެ ބައިގަނޑެއްވެސް ދަޢުވާކުރަނީ ހަމަކަށަވަރުން އެބައިމީހުންނަކީ أهل السنة و الجماعة ކަމުގަ އެވެ. އަހަރެމެން މި ރަށުގައި ތިބެ، ގުޅެންވީ ކޮންބަޔަކާއި ކަމެއް ނޭނގެ އެވެ. ފަހެ، އަހަރުމެންނަށް ޙައްޤު ބަޔާންކޮށްދެއްވުން އެދެމެވެ. جزاكم الله خيرا.


ޖަވާބު: އެމީހުން ބުނެ އެވެ. އިޚްވާނީން އަދި ތަބްލީޣީންނަކީ އުޅޭބައެއް ނޫނެވެ. މުޅި ޤައުމުގައި އެކުއެކީގައި ވަނީ ސަލަފީއްޔަތެވެ. މިބައިމީހުންނަކީ ބިންގަޑުތެރޭގައި ފޮރުވިގަނެތިބެ، ވިހަލަމުންދާ ބައެކެވެ.


ޙައްޤުވަނީ ސަލަފީ މަންހަޖުގަ އެވެ. ޙައްޤަކީ ރަސޫލާ صلى الله عليه وسلم ޤާއިމްވެ ދެމިހުންނެވި އަދި އެ ރަސޫލާގެ ޞަޙާބީން ޤާއިމްވެ ދެމިހުންނެވި ކަންތައްތަކެވެ. ރަސޫލާ صلى الله عليه وسلم އަދި ރަސޫލާގެ އަޞްޙާބުން ޤާއިމްވެ ދެމިހުންނެވި ގޮތުގައި ދެމިހުރި މީހަކީ ޙައްޤުގައިވާ އަހުލުވެރި އެކެވެ. މިނޫން އެހެން އެންމެހައި ފަރާތްތަކަކީ ޙައްޤުމަގުން އެއްކިބާވެގެންވީ ފަރާތެވެ. އެއީ އިޚްވާނީން އަދި ތަބްލީޣީންނާއި އަދި މި ނޫން އެހެނިހެން ބައިގަނޑުތައްވެސް އެވެ.
ޙައްޤުވަނީ އެމަންހަޖަކުން ﷲ މި ޤައުމު ސަލާމަތް ކުރެއްވި، ސަލަފީ މަންހަޖުގަ އެވެ. އެއަށްފަހުގައި މި ބައިގަނޑުތައް އަދި މިހާރު (އުފެދިފައިވާ) ޕާޓީ ތަކަކީ މީސްތަކުން ހަލާކުގެ ތެރެއަށް ގެންގޮސްދޭ އެއްޗެކެވެ. އެއީ އެޕާޓީތަކުން ﷲ ހިއްޕަވާފައިވަނީ (ﷲ ދެއްވި ޢުޤޫބާތަކީ) އެބައިމީހުންނަކީ ސަލަފީ މަންހަޖާއި އަދި ސަލަފީ މަންހަޖުގެ އަހުލުވެރިންގެ ކިބައިން ދުރުވެގެންވުމެވެ. އަދި އެބައިމީހުން އެއްލާލެވިގެންވަނީ ފިތުވެރިކަމާއި ބިދުޢައިގެ އަހުލުވެރިންގެ ތެރެއަށެވެ.
ފަހެ، ތިޔަބައިމީހުން (މިފަދަ) ފިތުނައިގެ އަހުލުވެރިންގެ ކިބައިން ސަލާމަތްކަން ހޯދައި އިންޒާރު ލިބިގަތުން ހުއްޓެވެ. އަދި މި (ޖަމާޢަތް ތަކާއި ޕާޓީތަކަށް) އޮތީ ޙައްޤުމަގަށް ރުޖޫޢަވުމެވެ.  
     
****
ފަތުވާ ނަގާފައިވަނީ : مرحبا يا طالب لعلم  331

Like what you see?

Close

Hit the buttons below to follow us, you won't regret it...