 މައްޔިތުންނަށް އުޟްހިއްޔާ ކަތިލުމުގެ ޙުކުމް - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ޝާއިޢުކުރީ: އިސްމާޢިލް ބިން ރަފީޤް މުޙައްމަދު. ކެޓަގަރީ އުޟްޙިއްޔާ ކަތިލުން

ލިޔެ ތައްޔާރުކުރީ: އަބޫ އަނަސް މުހައްމަދު ހަސަން حفظه الله


މައްޔިތުންނަށް އުޟްހިއްޔާ ކަތިލުމުގެ ޙުކުމް

الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

"އުޟްހިއްޔާ އަކީ ދިރިތިބީންގެ މައްޗަށް އޮތް ސުންނަތެކެވެ. އެއީ މަރުވެފައިވާ މައްޔިތުންނަށް އޮތް ސުންނަތެއް ނޫނެވެ. މިކަމުގެ ދަލީލަކީ، ޝަރީޢަތަކީ ﷲ އާއި އެކަލާނގެ ރަސޫލާގެ އަރިހުން އައިސްފައިވާ ގޮތްތަކެވެ. ސުންނަތުގައި އައިސްފައިވަނީ ދިރިތިބީން އުޝްހިއްޔާ ކަތިލުމަށެވެ. ނަބިއްޔާ صلى الله عليه وسلم ގެ ގާތްތިމާގެ މީހުން ދުނިޔެ ދޫކުރެއްވިއެވެ. އެއިން އެކަކަށްވެސް އުޝްހިއްޔާ ކަތި ނުލައްވައެވެ. ނަބިއްޔާ صلى الله عليه وسلم ގެ އެއްމެހައި ދަރިން ނަބިއްޔާއަށް ވުރެ ކުރީގައި މިދުނިޔެ ދޫކުރެއްވިއެވެ. އެއްބައި ދަރިން ދުނިޔެ ދޫކުރެއްވީ ބާލިޣުވުމަށް ފަހުގައިއެވެ. އަދި އެއްބައި ދަރިން ބާލިޣު ނުވަނީސް ދުނިޔެ ދޫކުރެއްވިއެވެ. އެދަރިން ތެރެއިން އެއްބައި ދަރިން ދުނިޔެއަށް ދަރިން ވިހެއިއެވެ. ނަބިއްޔާ صلى الله عليه وسلم ގެ ފިރިހެން ދަރިން ބާލިޣު ނުވަނީސް ދުނިޔެ ދޫކުރެއްވިއެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަންހެން ދަރިން ދުނިޔެ ދޫކުރެއްވީ ބާލިޣުވުމަށް ފަހުގައެވެ. ފާތިމާ رضي الله عنها ފިޔަވައެވެ. ފާތިމާ رضي الله عنها ދުނިޔޭގައި ދެމިހުންނެވިއެވެ. އަދި ނަބިއްޔާ صلى الله عليه وسلم ގެ ދެ އަނބިން ނަބިއްޔާއަށް ވުރެ ކުރިން ދުނިޔެ ދޫކުރެއްވިއެވެ. ޚަދީއްޖާ އަދި ޒައިނަބް ބިންތް ޚުޒައިމާ، މި ދެއަނބިން ދުނިޔެ ދޫކުރެއްވިއެވެ. ނަބިއްޔާ صلى الله عليه وسلم އެ ދެއަނބީންގެ މައްޗަށް އުޟްހިއްޔާ ކަތި ނުލައްވައެވެ. ނަބިއްޔާ صلى الله عليه وسلم ގެ ބޮޑުބޭބެ ޙަމްޒާ ބިން ޢަބްދުލް މުއްޠަލިބް ޝަހީދެއްގެ ގޮތުގައި ދުނިޔެ ދޫކުރެއްވިއެވެ. އެއަށްފަހު ނަބިއްޔާ صلى الله عليه وسلم ޙަމްޒާއަށް އުޟްޙިއްޔާ ކަތިނުލައްވައެވެ. ރަސޫލާ صلى الله عليه وسلم އަމިއްލަ ނަފްސަށް މައްޔިތަކަށް އުޟްޙިއްޔާ ކަތި ނުލައްވައެވެ. އަދި އުއްމަތަށް އެކަން ޝަރުޢު ކޮށްދެއްވާފައެއް ނުވެއެވެ. އެކަމަށް މި އުއްމަތަށް ދަޢުވަތެއް ނުދެއްވައެވެ.


އެހެންވުމުން އަހަރެމެން ބުނަމެވެ. މައްޔިތުންނަށް އުޟްޙިއްޔާ ކަތިލުމަކީ ސުންނަތެއް ނޫނެވެ. މިކަމަކީ އެއްވެސް ގޮތަކަށް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ވާރިދުވެގެންވާ ގޮތެއް ނޫނެވެ. މިއީ އެއްވެސް ޞަޙާބީއެއްގެ ފަރާތުން ވާރިދުވެގެންވާ ކަމެއްގެ ގޮތުގައި ނުދަންނަމެވެ. އާއެކެވެ. ދުނިޔެ ދޫކުރުމުގެ ކުރިން އޭނާއަށް ކަތިލައިދިނުމަށް މައްޔިތާ ވަޞިއްޔަތްކޮށްފައި ވާނަމަ، މި ޙާލުގައި އޭނާގެ ވަޞީއްޔަތް ފުރިހަމަ ކުރަން ވާނެއެވެ. އެ މައްޔިތާއަށް އުޟްޙިއްޔާ ކަތިލެވޭނެއެވެ. އެއީ އޭނާގެ ވަޞިއްޔަތަށް ތަބަޢަ ވުމުގެ ގޮތުންނެވެ. ހަމައެފަދައިން އިންސާނަކު އޭނާގެ އަމިއްލަ ނަފްސަށާއި އޭނާގެ އަހުލު ބައިތުންނަށް އުޟްހިއްޔާ ކަތިލާހިނދުގައި އަހުލުބައިތުންގެ ދިރިތިބީންނާއި އަދި މަރުވެފައިވާ އަހުލުބައިތުންގެ މައްޗަށް ކަމުގައި ނިޔަތް ގަނެވޭނެއެވެ."  


ފަތުވާ ނަގާފައިވަނީ   http://cut.us/fhjk

 

Like what you see?

Close

Hit the buttons below to follow us, you won't regret it...