ޢަމަލުތަކުގެ ފަޟުލުތައް فضائل الأعمال

ބަލާވެރިކަމާއި، މުޞީބާތްތައް އަދި އިމްތިޙާނުތަކަކީ ނިޢުމަތެއް ކަމުގައި ދަންނަމު ހެއްޔެވެ؟ - الإِمَام ابن القَيِّم رحمه الله

ޝާއިޢުކުރީ: އިސްމާޢިލް ބިން ރަފީޤް މުޙައްމަދު. ކެޓަގަރީ ޢަމަލުތަކުގެ ފަޟުލުތައް فضائل الأعمال

"އަޅުތަކުންގެ މައްޗަށް ﷲ ނިޔާކުރައްވާފައިވާ މުޞީބާތްތަކާއި ބަލާވެރިކަމާއި އަދި އިމްތިޙާނު ތަކަކީ، އެ އިލާހުގެ އަޅުތަކުންގެ މައްޗަށް އޮތް އެ އިލާހުގެ ރަޙްމަތެކެވެ. އެބައިމީހުންގެ ފާފަތައް އޭގެ ސަބަބުން ފޮހެވިގެންދެ އެވެ. އެބައިމީހުންގެ ނަފްސުތައް އެކަމަށް ނޭނދުނު ކަމުގައިވީ ނަމަވެސް އެއީ ﷲ އެބައިމީހުންނަށް ދެއްވި އެންމެ މަތިވެރިވެގެންވާ ނިޢުމަތްތަކުގެ ތެރެއިން ނިޢުމަތެކެވެ. ފަހެ، އަޅާއަށް އޭނާއަށް ﷲ ދެއްވި 2 ނިޢުމަތުގެ ތެރެއިން އެންމެ މާތް، މަތިވެރީ ކޮން ނިޢުމަތެއް ކަމެއް ނޭނގެ އެވެ.


* އޭނާ ހިތް އެކަމަށް ނޭނދޭ ކަންކަމުގެ ގޮތުގައިވެ، އޭނާގެ މައްޗަށް މިންވަރު ކުރެވިގެންވާ ނިޢުމަތް ހެއްޔެވެ؟
* އެކަމަށް އޭނާ ލޯބިކުރާ ކަންތައްތައް ގޮތުގައި، މިންވަރު ކުރެވިގެންވާ ނިޢުމަތް ހެއްޔެވެ؟


(ޙަދީޘްގައިވެ އެވެ.) (وما يصيب المؤمن من همٍّ ولا وصبٍ ولا أذىً حتى الشوكة يشاكها إلا كفَّر الله بها خطاياه) أخرجه البخاري و مسلم  "މުއުމިނު އަޅަކަށް، ދަތި އުނދަގޫ ކަމެއް، މާޔޫސްކަމެއް އަދި އުނދަގުލެއް، އެގޮތުން ކައްޓެއްގެ މިންވަރުވެސް (އެނާއަށް ލިބޭ ދަތި އުނދަގުލަކީ) އޭގެ ސަބަބުން އޭނާގެ ފާފަތައް ﷲ ނުފުއްސަވާ ގޮތުގައި އޭނާއާ ކުރިމައްޗެއް ނުކުރައްވާނެ އެވެ."


އަދި ފާފަތަކުގެ މައްޗަށް ޢުޤޫބާތް ދެއްވޭ ހިނދުގައި، ފަހެ ކޮންމެ ގޮތެއްގައިވެސް އަޅާ އޭނާ މަރުވުމުގެ ކުރިން ފާފަތަކުގެ މައްޗަށް ޢުޤޫބާތް ދެއްވުމަކީ މަރުވުމަށްފަހު އެ ފާފައިގެ މައްޗަށް ޢުޤޫބާތް ދެއްވުމަށްވުރެ އެތައްގުނައެއް ލުއި އަދި ފަސޭހަވެގެންދާނެ ކަމެކެވެ."  
***
ފަތުވާ ނަގާފައިވަނީ : مفتاح دار السعادة - (2/826)

Like what you see?

Close

Hit the buttons below to follow us, you won't regret it...