މަކްތަބާ ސަލަފިއްޔާގެ ދައުވަތަކަށް މަދީނާ ޔުނިވަރސިޓީގެ ޕްރޮފެސަރ ޑރ. ޢަބްދުﷲ ބުޚާރީ ރާއްޖެ ވަޑައިގަންނަވަނީ

ޝާއިޢުކުރީ: އިސްމާޢިލް ބިން ރަފީޤް މުޙައްމަދު. ކެޓަގަރީ ޚަބަރު

 

މަދީނާ ޔުނިވަރސިޓީގެ ހަދީޘް ފެކަލްޓީގައި ކިޔަވައިދެއްވާ ޕްރޮފެސަރ ފަޟީލަތުއް ޝައިޚް ޑރ. ޢަބްދުﷲ ބިން ޢަބްދުއް ރަޙީމް އަލް-ބުޚާރީ حفظه الله އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

 

ފަޟީލަތުއް ޝައިޚް ޑރ. ޢަބްދުﷲ ބިން ޢަބްދުއް ރަޙީމް އަލް-ބުޚާރީ حفظه الله ރާއްޖެވަޑައިގަންނަވަނީ މަކްތަބާ ސަލަފިއްޔާގެ ފަރާތުން އަންނަ ޖުލައި މަހު 15 އިން 21 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ހަތަރުވަނަ ދަޥްރާ ޢިލްމިއްޔާ" ގައި ބައިވެރިވެވަޑައިގަތުމަށެވެ.

 

2013 ވަނަ އަހަރުވެސް ޝައިޚް ވަނީ މަކްތަބާ ސަލަފިއްޔާގެ ދައުވަތަކަށް ދިވެހި ރާއްޖެއަށް ވަޑައިގެން އިމާމް އަޙްމަދުގެ އުޞޫލުއް ސުންނާ އަދި އިމާމް އަލްބުޚާރީގެ ޞަޙީޙުގެ ކިތާބުލް ޢިލްމު ގެ ބައެއް ޝަރަޙަ ކޮށްދެއްވާފައެވެ. އަދި 2014 ވަނަ އަހަރުގައިވެސް ދިވެހި ރާއްޖެއަށް ވަޑައިގެން ޢިލްމީ ދަޥްރާއެއް ބާއްވަވާ ޢިލްމީ ފޮތްތައް ޝަރަޙަ ކޮށްދެއްވާފައިވެ އެވެ. މި ދަޥްރާގައި ޝެއިޚް ވަނީ ސީރިއާގައި ހިނގަމުންދާ ހަމަނުޖެހުމަކީ ޖިހާދެއް ނޫންކަމާއި އަދި އެތަނަށް ޖިހާދު ކުރުމަށް ދިއުމަކީ ހުއްދަވެގެން ނުވާނެ ކަމެއް ކަމުގައި ބަޔާންކޮށްދެއްވާފައެވެ. މި ދަޥްރާތަކުގެ އޯޑިޔޯ www.salafi.mv އިން ލިބެން ހުންނާނެ އެވެ.
 

ފަޟީލަތުއް ޝައިޚް ޑރ. ޢަބްދުﷲ ބިން ޢަބްދުއް ރަޙީމް އަލް-ބުޚާރީ حفظه الله އަކީ ސަޢުދި ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام المجدد شيخ الإسلام عبد العزيز بن عبد الله بن باز (رحمه الله) އަދި فقيه الزمان الإمام العلامة محمّد بن صالح العثيمين (رحمه الله) ގެ އިސް ދަރިވަރުންގެ ތެރެއިން ދަރިވަރެކެވެ. ޝެއިޚުގެ ތަޢާރަފެއް މި ވެބްސައިޓުގައިވާނީ ކުރިން ޝާއިޢު ކުރެވިފައެވެ.

 

ފަޟީލަތުއް ޝައިޚް ޑރ. ޢަބްދުﷲ ބިން ޢަބްދުއް ރަޙީމް އަލް-ބުޚާރީ حفظه الله ރާއްޖެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 25 ވަނަ ދުވަހު އެވެ. ޝައިޚްގެ މިދަތުރާއިބެހޭ އިތުރު މައުލޫމާތުތައް إن شاءالله ގެނެސްދެމުން ދާނަމެވެ.

 

 

ޚަބަރު: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 "އިމާމް މުޙައްމަދް ބިން ޢަބްދުލް ވަހާބްގެ ދެވަނަ ދަޥްރާ" ތިނަދޫގައި މި މަހު 18 އިން 21 އަށް ކުރިޔަށްދަނީ | 14 ނޮވެމްބަރ 2017

 އިމާމް މުޤްބިލްގެ ދަރިވަރު އައް-ޝެއިޚް ޔާސީން އަލް-ޢަދަނީ رحمه الله އަވަހާރަކޮށްލައިފި | 10 އޮކްޓޯބަރ 2017 | 10 އޮކްޓޯބަރ 2017

 އިސްލާމިކް ކޮންފަރެންސް: "ދަ ސުންނާ އިޒް ލައިކް ދަ އާރކް އޮފް ނޫޙް" ޔޫކޭގެ މަޝްޙޫރު ސަލަފީ ދާޢީ އަބޫ އިދްރީސް މުޙައްމަދު އެކުގައި ފަށައިފި | 23 ޖުލައި 2017

އަލް-މަޝްޢަރު ޙައްޖު ޢުމްރާ އިން ރަމްޟާން މަހުގެ ޢުމްރާ ދަތުރުގެ ފުރުސަތު ހުޅުވާލައިފި | 23 މާރޗް 2017

2017 އިގެ ޢުމްރާ ދަތުރު އަދި ސަޢުދީ ޢިލްމުވެރިންނާއި އެކު މަދީނާގައި ބާއްވާ ދީނީ ކޮންފަރެންސުގައި ބައިވެރިވުމުގެ ފުރުސަތު މަކްތަބާ ސަލަފިއްޔާއިން މިއަހަރުވެސް އާންމުކޮށް ހުޅުވާލައިފި | 14 ޖެނުއަރީ 2017

މަކްތަބާ ސަލަފިއްޔާގެ ދަޢުވަތަކަށް ޔޫކޭގެ މަޝްޙޫރު ދާޢީ (أبو خديجة عبدالواحد) އަބޫ ޚަދީޖާ ޢަބްދުލް ވާޙިދު حفظه الله ރާއްޖެ ވަޑައިގެންފި | 29 ޑިސެމްބަރ 2016

2016 އިގެ ޢުމްރާ ދަތުރު އަދި ސަޢުދީ ޢިލްމުވެރިންނާއި އެކު ދަޥްރާ ގައި ބައިވެރިވުމުގެ ފުރުސަތު މަކްތަބާ ސަލަފިއްޔާއިން މިއަހަރުވެސް އާންމުކޮށް ހުޅުވާލައިފި | 06 ނޮވެމްބަރ 2015

މީރާޘް ޕަބްލިކޭޝަންގެ އަލް އަޚް އައްބާސް އަބޫ ޔަހްޔާ حفظه الله މާލެ ވަޑައިގަންނަވައިފި - 2 ޖެނުއަރީ 2015 | 24 ފެބުރުއަރީ 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...